ފުރަތަމަ ސަފްޙާ / ޚަބަރު / މެޑްރިޑްގެ ފެނަށް އެމްބާޕޭ ދިރިއްޖެ

މެޑްރިޑްގެ ފެނަށް އެމްބާޕޭ ދިރިއްޖެ

ފަހުމިނެޓް
ފަހުމިނެޓް
1 އަހަރު ކުރިން • 1 ފެބްރުއަރީ 2025

ކިލިއަން އެމްބާޕޭ އޭނާގެ އަސްލު ފެންވަރުގައި ކުޅެ، ސްޕެނިޝް ލީގުގެ ޖެނުއަރީ މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފި އެވެ.

ހުވަފެނީ ކްލަބް ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު، އެމްބާޕޭ އަށް އެންމެ މޮޅު ކުޅުން ނުދެއްކޭތީ ފާޑުކިޔުން އަމާޒުވި އެވެ. އެހެންނަމަވެސް މަޑުމަޑުން ރެއާލްގެ ޓީމަށް ހޭނި، އެމްބާޕޭ އަންނަނީ އެޓީމުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޖެނުއަރީ މަހު ރެއާލުން ލީގުގައި ކުޅުނު ތިން މެޗުގައި އެމްބާޕޭ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ލީގުގައި މިދިޔަ ހަފްތާ ރެއާލް ވަޔަޑޮލިޑް އަތުން މޮޅުވި މެޗުގައި އެމްބާޕޭ ހެޓްރިކް ހެދި އެވެ. އެއީ ރެއާލަށް ބަދަލުވުމަށްފަހު އެޓީމުގެ ޖާޒީގައި ބެންޒެމާ ހެދި ފުރަތަމަ ހެޓްރިކެވެ.

ރަނގަޅު ފޯމަކަށް އެމްބާޕޭ އައުމާއެކު ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވަނީ އެމްބާޕޭ އަށް ތައުރީފްކޮށްފަ އެވެ. އަންޗެލޮޓީ ބުނީ، އެމްބާޕޭ މިހާރު ހުރީ ރެއާލްގެ ޓީމަށް ހޭނިފައި ކަމަށާއި، އެމްބާޕޭގެ ފަރާތުން މި ސީޒަނުގައި ދެން ގިނަ ގޯލުތަކެއް ފެންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

އެމްބާޕޭ ވަނީ ރެއާލަށް ކުޅޭ ފުރަތަމަ ސީޒަނުގައި މިހާތަނަށް ކުޅުނު 32 މެޗުގައި 21 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި ދެން އޮތީ ރެއާލްއާ އެކު އެމްބާޕޭ ހޭދަކުރާނެ އެންމެ މުހިއްމު ދުވަސްތަކެވެ. އެގޮތުން ލީގު ޗެމްޕިއަންކަމާއި ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމުގައި އެމްބާޕޭގެ ފޯމު ރެއާލަށް މުހިއްމު ވާނެ އެވެ.

ސީޒަން ނިމުމަށްފަހު އާ ފޯމެޓުގައި ފުރަތަމަ ފަހަރަށް ކުޅޭ ފީފާ ކްލަބް ވޯލްޑް ކަޕްގައި އެމްބާޕޭ ކުޅޭނެ އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings