ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫތު ޗެމްޕިއަންޝިޕް: ފައިނަލުގައި އީގަލްސް އާއި ސަސް

ޔޫތު ޗެމްޕިއަންޝިޕް: ފައިނަލުގައި އީގަލްސް އާއި ސަސް

ފަހުމިނެޓް
ފަހުމިނެޓް
4 އަހަރު ކުރިން • 9 ފެބްރުއަރީ 2022

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގެ ޖާގަތައް ކްލަބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހޯދައިފި އެވެ.

އީގަލްސް އިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ގަލޮޅު ދަނޑުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުން 1-0 އިން މޮޅުވެގެންނެވެ. މި މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ސަސް އިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެންނެވެ.

May be an image of 6 people, people playing football, people standing and grass
May be an image of 6 people, people playing football, people standing and grass

2011 ވަނަ އަހަރު ކުޅެންފެށި ޔޫތު މުބާރާތުގެ ތަށި ހަތަރު ފަހަރު ހޯދާފައިވާ އީގަލްސްއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން މި މުބާރާތް ކާމިޔާބުކުރީ 2014، 2016، 2017 އަދި 2019 ވަނަ އަހަރު އެވެ. 2019 ވަނަ އަހަރު އީގަލްސް ޗެމްޕިއަންކަން ހޯދީ 21 އަހަރުން ދަށަށް އަމާޒުކޮށްގެން ބޭއްވި މުބާރާތުގެ އެވެ. 19 އަހަރުން ދަށަށް އަމާޒުކޮށްގެން މިއަހަރުގެ އިތުރުން މުބާރާތް ބޭއްވީ 2018 ވަނަ އަހަރު އެވެ. 2018 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ކްލަބް ގްރީން ސްޓްރީޓްސް އިންނެވެ.

އީގަލްސް ފައިނަލަށް ދަތުރުކުރީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މިއަދުގެ މެޗުގެ ހަމައެކަނި ގޯލު 67 ވަނަ މިނެޓުގައި އީގަލްސް އަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުހައްމަދު ސަމާހު މޫސާ ފަތުހީ އެވެ. ސަމާހު މި ގޯލު ޖެހީ ކޯނަރެއްގައި ލިބުނު ފުރުސަތެއްގައި ބޮލުންޖަހަ އެވެ.

ޕެނަލްޓީގައި ޔޫވީގެ މައްޗަށް ސަސް އިން ކުރި ހޯދީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ޔޫވީގެ ފަސް ޕެނަލްޓީގެ ތެރެއިން ވައްދާލެވުނީ ދެ ޕެނަލްޓީ އެވެ. މެޗުގައި ސަސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިޝްފާއު މުހައްމަދު ފިރާގު އާއި ވިޝާހު އަބްދުލް މަޖީދު އަދި އަލީ ޒާލިފް އެވެ. އެޓީމަށް ވައްދާނުލެވުނީ އިބްރާހީމް އާތިފް އާއި އަހުމަދު އައިހަމް މޫސާ ޖެހި ދެ ޕެނަލްޓީ އެވެ. ޔޫވީގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ ޒައިޝަން އަޝްރަފް އާއި މުހައްމަދު ޒައިން ޝުޖާއު އާއި އަލީ ސައީދު ޖެހި ޕެނަލްޓީތަކެވެ. އެޓީމުގެ ދެ ޕެނަލްޓީ ކާމިޔާބުކުރީ ލަމާން ޒުހައިރު އާއި ޒަހުވާން މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕެނަލްޓީގައި ތަފާތުދެއްކި ސަސްގެ ގޯލުކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.

May be an image of 2 people, people playing football, people standing and grass
May be an image of 2 people, people playing football, people standing and grass

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު އަންނަ އާދީއްތަ ދުވަހުގެ ހަވީރު އޮންނާނީ ފ. ނިލަންދޫގައި ސަރުކާރުން ގާއިމްކުރި ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ. މިއީ މި މުބާރާތުގެ ތާރީހުގައި އަތޮޅުތެރޭގެ ރަށެއްގައި ފައިނަލް މެޗު ކުޅޭ ފުރަތަމަ ފަހަރެވެ. ދާދިފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އެފްއޭއެމުން ކުޅުނީ ރ. އަލިފުށީގަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު ވާދަކުރީ ނުވަ ޓީމަކުންނެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓްސް

Matches
10
Ongoing
9
Upcoming
Predict
Settings