ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫތު ޗެމްޕިއަންޝިޕް: ފަހަތުން އަރައި މަހިބަދޫ ބަލިކޮށް ޓީސީ ސެމީ އަށް

ޔޫތު ޗެމްޕިއަންޝިޕް: ފަހަތުން އަރައި މަހިބަދޫ ބަލިކޮށް ޓީސީ ސެމީ އަށް

ފަހުމިނެޓް
ފަހުމިނެޓް
4 އަހަރު ކުރިން 28 ޖެނުއަރީ 2022

ދެ ގޯލު ފަހަތުގައި އޮވެފައި ފަހަތުން އަރައި ތިން ގޯލު ޖަހައިގެން 3-2 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިރޭގެ މެޗާ އެކު ޓީސީ ވަނީ ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ފުރަތަމަ މެޗުގައި ޓީސީ މޮޅުވީ ކްލަބް ވެލެންސިއާ އަތުންނެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. ޕޮއިންޓަކާ އެކު މަހިބަދޫ ތިން ވަނައިގައި އޮތްއިރު ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ވެލެންސިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓީސީ އިން ޔޫވީއާ ދެކޮޅަށް ނުކުންނައިރު މަހިބަދޫ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ފަހު މެޗުތަކަށް ނުކުންނައިރު މި ގްރޫޕުން ސެމީގެ ފަހު ޖާގަ ހޯދުމުގެ އަމިއްލަ ބާރު އޮތީ ޔޫވީ އަށެވެ.

May be an image of 5 people, people playing football, people standing and grass
May be an image of 5 people, people playing football, people standing and grass

މިރޭގެ މެޗުގެ ހަތަރު ވަނަ މިނެޓާއި 14 ވަނަ މިނެޓުގައި ލަނޑު ޖަހައި މަހިބަދޫން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނާއިމް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫސުފް ޝާއިފްގެ ދެ ގޯލުން ޓީސީ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑުތައް ޝާއިފް ޖެހީ 23 ވަނަ މިނެޓާއި 35 ވަނަ މިނެޓުގަ އެވެ. އެއްވަރުވާން ދިޔަ މެޗުގައި ޓީސީ މޮޅުވި ގޯލު 85 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި ފަހުމާން އަބްދުލް ހަމީދު އެވެ.

May be an image of 4 people, people playing sports, people standing and outdoors
May be an image of 4 people, people playing sports, people standing and outdoors

މި މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި މަހިބަދޫ އިންނެވެ. މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. އެދުވަހުގެ ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ކްލަބް އީގަލްސް އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings