- ޖަރުމަނު ލީގުގައި މިރޭ ވުލްފްސްބާގް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ޓޭބަލްގެ އެއްވަނައިގައި އޮތް ބެޔާން މިޔުނިކަށް ބާރުބޮޑުކޮށްފިއެވެ. ރަށުން ބޭރުގައި ޑޯޓްމަންޑުން މިރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ 1-2 އިންނެވެ.މިރޭގެ މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ މޮޅަށް ކުޅެފައިވަނީ ޑޯޓްމަންޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޑޯޓްމަންޑުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ގޯލާއި ވަރަށް ކައިރިން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވަނީ ރަފައެލް ގުރޭރޯ އެވެ. މިއީ މި ސީޒަންގައި ގުރޭރޯ ޑޯޓްމަންޑަށް ކާމިޔާބުކޮށްދިން 8 ވަނަ ލަނޑެވެ. ޑޯޓްމަންޑްގެ ދެވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނުކުތް ޖޭޑަން ސަންޗޯ ދިން ބޯޅައަކުން އަޝްރަފް ހަކީމީ އެވެ. ވުލްފްސްބާގުން މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ފެލިކްސް ކްލައުސް އެވެ.
ޑޯޓްމަންޑުން މިރޭ ހޯދި މޮޅާއެކު އެ ޓީމާއި ޓޭބަލްގެ އެއް ވަނައިގައި އޮތް ބެޔާން މިޔުނިކާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވީ އެވެ. އެކަމަކު މިރޭ ބެޔާން މިޔުނިކުން އަމިއްލަ ދަނޑުގައި ފްރެންކަފަޓް އާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އަލުން ހަތަރު ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.
ޑޯޓްމަންޑް މޮޅުވެ ބެޔާން މިޔުނިކަށް ބާރުބޮޑުކޮށްފި
މި ލިޔުމާ ގުޅޭ
ސަޕޯޓަރަކު ދަނޑަށް އަރައި ވީއޭއާރު ސިސްޓަމުން ކަރަންޓު ދުއްވާލައިފި
2 މަސް ކުރިންސަންޗޯ ޑޯޓްމަންޑަށް، ޑަޔާ ބަޔާން މިއުނިކަށް
2 އަހަރު ކުރިންސަންޗޯ އަށް ދޫނުކުރާވަރުގެ ޒުވާން މޮޅު ކުޅުންތެރިއެއް ޑޯޓްމަންޑުން ހޯދައިފި
4 އަހަރު ކުރިންބަޔާން މިޔުނިކުން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި
5 އަހަރު ކުރިންކޮމެންޓްސް
# މަޤުބޫލު ލިޔުންތައް
އިނާމުތަކާ އެކު ކިންގްސް ކަޕަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ހުޅުވާލައިފި
1 ހަފްތާ ކުރިން
ފުރުސަތު ބޮޑީ ހުރާއަށް، ކުޑަހުވަދޫއަށް އޮތީ ހޯމް އެޑްވާންޓޭޖް
1 ހަފްތާ ކުރިން
ވާދަވެރި ސެންޓްރަލް ރީޖަން ލީގުގައި މިއަދަކީ ބޮޑު ދުވަހެއް
1 ހަފްތާ ކުރިން
ކިންގްސް ކަޕްގެ ގުރު ނަގައިފި، ރޯޑާއި، އެސްޓީއޯ އެއް ގްރޫޕަކަށް
1 ހަފްތާ ކުރިން
ލީގު ކާމިޔާބުކުރުމުގެ ރޭހުގައި ހަނިމާދޫ އާއި ދިއްދޫ މުހިންމު މެޗަކަށް
1 ހަފްތާ ކުރިން# ފަހުގެ ޚަބަރުތައް
ބޮޑެތި ކުންފުނިތަކަށް ފަސޭހަ ރެއެއްގައި، ކޯރާ ކޯރާ އިން ކޮންރެޑް ބަލިކޮށްފި
4 ދުވަސް ކުރިން
ޗެމްޕިއަން ބަލިކޮށް ހޯކްސް އިން ދިނީ ވަރުގަދަ މެސެޖެއް
5 ދުވަސް ކުރިން
ސްކޯ ދިމާކޮށްގެން އެއިޓީ ފޯއިން ތިން ހާސް ރުފިޔާގެ ސެންޓު
6 ދުވަސް ކުރިން
